ޅައިމަގުގައި ބީއެމްއެލް އޭޓީއެމް ޙިދުމަށް ޤާއިމްކޮށް ސަރުކާރު ވައުދު ފުއްދައިފި


ލިޔުން ތާރީހް: 22 މޭ 2025

ޅައިމަގުގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިއެވެ. މިއީ ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުއްދުމަށް ބާރު ސްޕީޑުގައި ރަށުގައި ގާއިމްކުރި ޚިދުމަތެކެވެ.

ޅައިމަގުގައި ބެހެއްޓި އޭޓީއެމުން ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ. އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ނުގޮސް 24 ގަޑިއިރު ބޭންކިންގެ ގިނަ މުއާމަލާތްތަކެއް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޅައިމަގު ރައްޔިތުން މިހާރު އޭޓީއެމްގެ ހިދުމަތް ހޯދުމަށް ދާންޖެހެނީ ފުނަދޫއަށެވެ. ރަށުން މި ޙިދުމަތް ލިބެގެން ދިއުމަކީ ޅައިމަގު ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައެއް ކަމުގައި ލައިމަގު ރައްޔިތުން ބުނެއެވެ. މި އޭޓެމްގެ ދަތުރުތަކަށް ކޮންމެ މަހަކު ކުރަމުންދިޔަ ދަތުރު ތަކުގެ ހަރަދާއި ތަކުލީފުން މިންޖުވުމަކީ ޅައިމަގު ރއްޔިތުން އުފާކުރާކަމެކެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންވެސް ޅައިމަގުގައި އެޓީއެމް ޙިދުމަތް ގާއިމް ކޮއްދޭނެކަމުގައި ޅައިމަގު ރައްޔިތުންނަށް ވައުދުވިއެވެ. އަދި އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށް ފައިވާކަމަށް ވެސް ޅައިމަގު ރައްޔިތުންނަށް މަޢުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް ސަރުކާރުގެ ދައުރު ނިމިގެން ދިޔައީ މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުގެންދެވިއެވެ.

ޅައިމަގުގެ އިތުރުންވެސް ށަވިޔަނި އަތޮޅުގެ ހުރިހައި ރައްތަކުގައި މިސަރުކާރުން ބެހެއްޓުމަށް ވައުދުވި އޭޓިއެމްތައް ވަނީ ހަލުވި ދުވެލީގައި ބަހައްޓާ ނިންމައި ޚިދުމަތްދޭން ފައްޓާފައެވެ.

ޅައިމަގުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.