ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ. މި ބަދަލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތާއި، އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ އިންތިޒާމުތައް ރޭވިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ މަރުކަޒުން ދުވަހުން ދުވަހަށް ދެމުންދާ ހިދުމަތްތަކުގައި ކުރިން ހުރި ގިނަ ގޮންޖެހުންތަކަށް މިހާރު ހައްލު ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.