ޅައިމަގު ރައްޔިތުންނަށް ފޯރުކޮއްދެމުންދާ ފެނުގެ ރައްކާތެރިކަމާމެދު ފެތުރީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ. ރަށުގެ ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތުދިން ގޮތުގައި ރައްޔިތުންނަށް ފޯރުކޮއްދޭ ފެނަކީ ރައްކާތެރިކަން ޔަގީންކޮއްގެން ދޫކުރާ ފެނެކެވެ. އަދި ރަށަށް ދޫކުރެވިފައިވާ ފެނަކީ އެކި މަރުހަލާތަކުގައި ތަހުލީލު ކުރެވި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ބޯން ރައްކާތެރި ފެނެއްކަން ކަށަވަރުކުރާ ކަމަށް މައުލުމާތު ދެއްވިއެވެ.
އޮތުން ފެން އުފައްދާ ކޮންމެ ބެޗެއް ތަހުލީލު ކުރެއެވެ. އަދި ފެން ރައްކާކުރާ ޓޭންކުތަށް ވެސް ގަވައިދުން ތަހުލީލުކުރެެއެވެ. އޭގެ އިތުރުން ރަށުގެ އެކި ހިސާބުތަކުން ރެންޑޮމް ކޮމް ފެނުގެ ސާމްޕަލް ނަގައި ކޮންމެމަހަކު ވެސް ތަހުލީލު ކުރަމުންދެއެވެ.
އަދި ކަމާބެހޭ މުއައްސާސާއިން ލިބުން މައުލޫމާތު، ޅައިމަގު އޮންލައިނުން ދާއިރާގެ ފަންނުވެރި ފަރާތަކާއި ހިއްސާކުރުމުން ފެނަކީ ރައްކާތެރި މިންގަނޑަށްފެތޭ ފެނެއްކަމަށް ވިދާޅުވިއެވެ.
ޅައިމަގު އޮންލައިންނާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މީހުން ހިތުގައި ބިރުވެރިކަން އުފެދޭ މިފަދަ ދޮގު މައުލޫމާތުބައެއް ފަރާތްތަކުން ފަތުރަމުންދަނީ ސިޔާސީ ބޭނުމެއްގައެވެ. މީގެ ކުރިންވެސް ރަށުގެ ކަރަންޓުގެ ހާލަތާއި ގުޅޭގޮތުން ރަށުތެރޭ ދޮގު މައުލޫމާތު ހިމެނޭ ގަނޑުތަކެއް ހިއްޕާފާވާކަން ފާހަގަކުރެވެއެވެ. މިދިޔަ ރޯދަ މަހާއި ދިމާކޮށް ރަށުން ކަރަންޓު ނުހުންނާނެ ކަމަށް ބުނެ ފެތުރި ވާހަކައިގެ ސަބަބުން ވެސް ރައްޔިތުންގެ ގިނަ ބަޔަކު ބިރުވެރި ކަމެއްގެ ތެރެޔަށް ހުށައެޅިފަވެއެވެ.
މިފަދަ ވާހަކަ ފެތުރޭ ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކާއި ގުޅައި ވީހާވެސް އަވަހަށް ރަނގަޅު މައުލޫމާތު ހޯދުމަކީ އެންމެ ރަނގަޅު އެދެވިގެންވާ ގޮތެވެ.
ރަށުގެ ރައްޔިތުންގެ އަސާސީ ހިދުމަތަކާއި މެދު މީހުންގެ ހިތުގައި ބިރުކަން އުފައްދައި ޒަރޫރީ ބޭނުންތަކުން މީހުން މަހުރޫމު ވެދާފަދަ ހާލަތަކަށް ރަށެއްގެ ރައްޔިތުން ވައްޓާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އަދި އެއީ ދިވެހިރާއްޖޭގެ ހެދިފައިވާ ގާނޫނޫތަކުގެ ދަށުން ޖިނާއީ ކުށެކެވެ.