އަފޫ: ޅައިމަގު ރައްޔިތުން ލޯތްބާއި އިހްތިރާމާއިއެކު ބުނީ އާއިލާކަމަށް


ލިޔުން ތާރީހް: 10 އެޕްރީލް 2026

ގަބޫލުކުރަން ޖެހޭ ހަގީގަތަކަކީ ލޯކަލް ކައުންސިލް އިންތިހާބު ފަދަ އިންތިހާބު ތަކުގައި ބޮޑެތި އާއިލާތަކުން ނުކުންނަ ކެންޑިޑޭޓުންނަށް ގިނަ ވޯޓު ލިބޭކަމެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުންވެސް ބޮޑެތި އާއިލާ ތަކުގެ މީހުންނަށް ފުރުސަތު ދެމުންދާކަމެވެ. އެހެންނަމަމެސް ނިމިދިޔަ އިންތިހާބުގައި ޅައިމަގުން ވަނީ ވަރަށް ތަފާތު ހަގީގަތެއް ތިލަވެގެން ގޮސްފައެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރި އަދި އެންމެ ގިނަމީހުންގެ ޝައުގެވެރިކަން އަމާޒުވެގެން ދިޔައީ ޅައިމަގު ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށެވެ. އިދިކޮޅު އެމް.ޑި.ޕީން ވާދަކުރީ މިހާރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް އާމިނަތު އަފާރާހާ އެވެ. ސަރުކާރު ޕާޓީން ވާދަކުރީ ކައުންސިލަރު ފާތިމަތު ސިޔާދާއެވެ. މިދިޔަ ހޮނިހިރު ދުވަހު ހަވީރު ލިބުން ނަތިޖާ ވެގެން ދިޔައީ ޅައިމަގު ބައެއް މީހުންނަށް ހައިރާންކަން ގެނުވި ނަތިޖާ އަކަށެވެ. 100 ވޯޓުގެ ބޮޑު ތަފާތަކުން އަފްރާހާ ވަނީ އަންތިހާބު ކާމިޔާބު ކުރައްވާފައެވެ.

މި ނަތީޖާއާއި އެކު ފުރަތަމަ ޒިކުރު ކޮއްލަންޖެހޭ ހަނދާނަކީ އެމް.ޑީ.ޕީގެ ކެންޑިޑޭޓަކު ހޮވުމުގައި އުފެދުން ނުތަނަވަސްކަން ކަމަށް ފެތުރުނު އަޑުތަކުގެ ވާހަކައެވެ. ކުޑަ އާއިލާތަކުގެ މީހުންނަށް އިންތިހާބު ކާމިޔާބު ކުރަން އުނދަގޫ ވާނޭކަމަށް ބަލައި އަފްރާހާއަށް ފުރުސަތު ގެއްލުން ކަމަށް ދެކެވުނު ވާހަކައެވެ. އެކަމުގެ މައްޗަށް ބަލާލައި މި ބްލޮގްގައި "ސިޔާސީ ބޭނުމަށް ކެނޑިޑޭޓުން ފޮރުވާ ޙާންދާނުތައް ދައްކަނީ" ސުރުހީގެ އާޓިކަލް އެއްވެސް ވާނި ލިޔެވިފައެވެ.

ކޮމެޓީގެ ތަޖުރިބާ ދަތުރެއްގެ ތެރެއިން

އެހެންނަމަވެސް ލިބިގެން މިދިޔަ ނަތިޖާއިން ޔަގީންވާ ކަމަކީ ތެދުވެރި އިހްލާސްތެރި މަސައްކަތަކީ އެންމެން ބަލައިގަންނަ ކަމެއްކަމެވެ. އަފޫގެ އަމިއްލަ ބަހުން، އަދާއި ހަމަޔަށް ވެސް ހޯދުނު ކާމިޔާބީ އަކީ ވަކި ބޮޑު އާއިލާއެއް އޮވެގެން ހޯދި އެއްޗެއް ނޫންކަމަށާއި އިރާދަކުރެއްވިއްޔާ ކުރިޔައް އޮތްތަނުގައިވެސް ކާމިޔާބު ހޯދާނީ ތެދުވެރި އަދި އިހްލާސްތެރި ކަމާއިއެކު ކުރާ ބުރަ މަސައްކަތުން ކަމަށްބުނެ އިންތިހާބަށް ނުކުތީ އެގޮތުގައެވެ.

ރާއްޖޭގެ ގިނަބަޔަކު މިހާރު ދަންނަ ކުޅަދާނަ ދަނޑުވެރިޔާ ޅައިމަގު ކައުންސިލަށް ނުކުތީ އ.ތ.މ ކޮމެޓީގެ މި ދައުރުގައި ރައްޔިތުން ބަލައިގަންނަ ފަދަ ގިނަގުނަ ކަންތައްތަކެއްކޮށް ނަތީޖާ ހާސިލްކޮއްގެންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ލައިމަގު ކައުންސިލަށްވުރެވެސް މި ދައުރުގައި އ.ތ.މ ކޮމެޓީން ޅައިމަގަށް ކޮއްދިން ކަންކަން ގިނައެވެ. އެގޮތުން ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ ޕްރޮގްރާމުތަށް ހިންގުމާއި ކުޅިވަރު މުބާރާތްތަށް ހިންގުމާއި ބައިވެރިވުން ފާހަގަ ކޮއްލެވެއެވެ. އަދި ވަކިން ހާއްސަކޮށް ސްކޫލު ދަރިވަރުން ހޯދާ ކާމިޔާބީތަކުގައި އެކުދިންނަށް މަރުހަބާކިޔުމާއި އަދި ކާމިޔާބު ފާހަގަ ކުރުމަކީ އަފްރާހާގެ ބެލުމުގެދަށުން މި ކޮމެޓީގެ ދައުރުގައި ފާހަގަކޮއްލެވޭ ކަމެކެވެ.

ދަނޑުވެރިކަމުގެ ޕްރޮގްރާމުގެ ތެރެއިން

އަދި ހަމައެގޮތަށް އ.ތ.މ ކޮމެޓީގެ ހިގަމުންމިދާ ދައުރަކީ ލައިމަގު އަންހެނުން ޙެލުންތެރި ކުރުމަށް އެންމެގިން ޕްރޮގްރާމުތަށް ހިންގުނު ދައުރެވެ. ކޮމެޓީ އާއި ށ. އަތޮޅު ޕޮލިސް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމެންޓް ގުޅިގެން, ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ކެންސަރ އެވެއަރނަސް ސެޝަންތަށް ހިންގާފައިވެއެވެ. ޅައިމަގު އަންހެނުންނަށް އަމާޒުކޮށްގެން އެއްގަމުދަތުރުފަތުރުގެ ޤާނޫނަށް ހޭލުންތެރިކުރުވުމަށް ޝެޝަންތަކެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ގެވެށި އަނިޔާއާއި ކުޑަކުދިންނަށް އިހުމާލުވުމާއި ގުޅޭގޮތުން ހިންގުނު ހޭލުންތެރިކުރުމުގެ ސެޝަންތަކާއި އަދި ކޮމެޓީން ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަސް ކުލަގަދަކޮސް ފާހަގަކުރާކުރުން ގިނަބަޔަކު ބަލައިގަނެއެވެ.

މައުލޫމާތު ޝެޝަން އެއް ނިއްމާލުން ފާހަގަކުރުން

'ބަދަހި ގުޅުން ކޮމެޓީއާއެކު' ޝިއާރުގެ ދަށުން އަފްރާހާގެ ރައީސް ކަމުގައި ކޮމެޓީ ހަރަކާތްތެރި ވަމުން އައިސް ފައިވަނީ ރައްޔިތުންނާއި އަދި ހާއްސަކޮށް އަންހެނުންނާއި ކައިރިން ގުޅިގެންނެވެ. މިކަން ދޭހަވާ އެއްކަމަކީ ކައުންސިލް ބައްދަލުވުންތަކަށް ހަތަރު ފަސްމީހުން ހާޒިރުވާއިރު، އ.ތ.މ ކޮމެޓީގެ ކޮންމެ ބައްދަލުވުމަކަށް ގިނަ އަދަދަކަށް އަންހެނުން ޖަމާވަމުންދާ ކަމުންނެވެ.

އަފްރާހާގެ ރައީސް ކަމުގައި ކޮމެޓީ ހަރަކާތްތައް ވަނީ ޅައިމަގު ތޮށިންވެސް ބޭރަށް ވާސިލްކޮއްދެއްވާފަކަން ފާހަގަ ކޮއްލަންޖެހެއެވެ. އެގޮތުން ކޮމެޓީ އިސްނަގައިގެން ރައްޔިތުންގެ އެއްބާރުލުމާއެކު އަޟްޙާ ޢީދު ފަދަ މުނާސަބަތާއި ގުޅިގެން ސިލްސިލާ ކޮށް ކުރިއަށް ގެންދިޔަ “އެހީވަމާ” ޕްރޮގުރާމް ށ.އެފް.ސީ.އެސް.ސީ ގައި ބަލަހައްޓަމުން ގެންދާ ކުދިންނަށް ވެދިން އެހީއާއި ހަދިޔާ ފާހަގަކޮއްލަން ޖެހެއެވެ.

ކޮމެޓީން ދެއްވި ހަދިޔާއާއި ހަވާލުވުން

މި ދައުރުގައި އަފްރާހާގެ ބެލުމުގެ ދަށުން ގެންދެވުނު “ ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގުރާމް “ ފަދަ ރަށުގެ އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއަ ‘ ކަސްރަތު ޕްރޮގުރާމް’ ފަދަ ހިދުމަތްތަކަށް ޅައިމަގު ރައްޔިތުން ޝުކުރު އަދާކުރީ ޅައިމަގު އެންމެ ޒިންމާދާރު އަދި އެންމެ ގަދަރުވެރި ކައުންސިލްގެ ގޮނޑި ބޮޑު ތަފާތަކުން ދީގެންނެވެ. ޅައިމަގު ރައްޔިތުން އަންހެން ކޮމެޓީގެ ރައީސް އަށް ފުރިހަމަ އިތުބާރު ކުރެއެވެ. އަދި މި ނަތީޖާއިން ޅައިމަގު މީހުން މިބުނީ އަންހެން ކޮމެޓިގެ ޜައީސް ގެ އިހްލާސްތެރި މަސައްކަތް އެރައްޔިތުން ބަލއިގަންނަނީ ނުހަނު ލޯތްބާއި ޝުކުރުވެރިކަމާ އެކުގައި ކަމަށެވެ. އަދި ޅައިމަގު ރައްޔިތުން ނުހަނު އަޑު ހަރުކޮށް ބުނީ އެމީހުންނަކީ އާއިލާކަމަށެވެ.