ރައީސް މައުމޫނުގެ އިސްލާހީ އޭޖެންޑާގެ ތެރޭން ގާނޫނޫ އަސާސީ އިސްލާހު ކުރެވި، ފެހި ގާނޫނުގެ ދަށުން ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވީ ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދުއެވެ. އެއާއި އެކު ރާއްޖެ ޕްރްވިންސް ތަކަކަށް ބަހާލެވި ލާމަރުކަޒު ކުރުމުގެ މަސައްކަތް ކުރަންފެށުނެވެ. 2009 ވަނަ އަހަރު އައު ނިޒާމަށް ހިންގުން ބަދަލުކުރުމުގެ މަރުހަލާގައި ރަށްރަށަށް ރައީސުލް ޖުމްހޫރިއްޔާ ކައުންސިލަރުން އައްޔަނު ކުރެއްވިއެވެ. ޅައިމަގުން އެމަގާމަށް އައްޔަނު ކުރެއްވީ އަބްދުލް ޣަނީ އިބްރާހީމްއެވެ.
އަބްދުލް ޣަނީ އިބްރާހީމް އަކީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ޅައިމަގުގައި މުހިންމު ދައުރެއް އަދާކުރި ބޭފުޅެކެވެ. ރަށަށް އެފިކުރު ވިއްކުމާއި ތާއީދު ހޯދުމުގައެވެ. ހަމަ އެއާއެކު އިންތިގާލީ މަރުހަލާގައި ކައުންސިލަރުގެ ހައިސިއްޔަތުން މުހިންމު އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން އައު ނިޒާމަށް އިދާރީ ހިންގުމާއި އިންތިޒާމުތަށް ބަދަލުކުރުމުގައި ފާހަކޮއްލެވޭ ރަށެއް ކަމުގައި ޅައިމަގު ހިމެނުނެވެ.
އާންމުންނަށް ފެންނަން އޮތް އަބްދުލް ޣަނީ އިބްރާހީމް ގެ ސިޔާސީ ހަޔާތުގެ ފެށުމަކީ އެއީއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ބޭއްވުނު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ހޮވުނެވެ. އަދި ޅައިމަގު ކައުންސިލްގެ ރައީސްގެ މަގާމަށް ހޮވުނެވެ. އަބްދުލް ޣަނީގެ ގިނަ ހިދުމަތްތަކުގެ ފެށުމަކީ އެއީއެވެ. އަދި ޖެހިގެން އައި އިންތިހާބުވެސް ކާމިޔާބު ކޮށް އަބްދުލް ޣަނީ ވަނީ 2 ދައުރު ކައުންސިލް ރައީސްގެ ހައިސިއްޔަތުން ޅައިމަގަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

ކައުންސިލުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭއިން ސްކޫލު އައު އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފާހަގަކުރައްވައި އަބްދުލް ޣަނީ ޅައިމަގު އޮންލައިނަށް ދެންނެވީ އެއީ އުނދަގޫ އެކަމަކު ކާމިޔާބު މަސައްކަތެއް ކަމުގައެވެ. އަދި އެއީ އޭނާގެ ކައުންސިލަރު ކަމުގައި ކުރެވުނު އެންމެ މުހިންމު އަދި ފަހުރުވެރިވާ ހިދުމަތް ކަމުގައި އެނާ ފާހަގަ ކުރެއްވިއެވެ.
އަދި ޅައިމަގުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރުމަށް ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކެއް އޭނާގެ ދައުރުގައި ކުރެވުނު ކަމުގައި ދެންނެވިއެވެ. އެގޮތުން ސަރުކާރާއި ވާހަކަދައްކައިގެން ކުރެވުން މަސައްކަތުން އެދެވޭ ރަނގަޅު ނަތީޖާލިބުނު ކަމަށާއި، ރަށަށް ގެނެވިފައިވާ 4 ޓަނުގެ ކުނި ޕިކަޕަކީ އެމަސައްކަތުގެ ތެރެއިން އޭރު ހަމަޖެހުނު އެއްޗެހިކަން ފާހަގަ ކުރެއްވިއެވެ.
ފެނާއި ނަރުދަމާގެ ޑިޒައިންގައި ގިނަ މަސައްކަތް ތަކެއް ކޮއްފައިވާނީ އޭނާގެ ކައުންސިލަރުކަމުގައި ކަމަށް ޣަނީ ދަންނަވައެވެ. އޮތުން މިހާރުވެސް ޕަމްޕިން ސްޓޭޝަން ތަކާއި އަދި އައުޓް ފޯލްވެސް ހުރީ އެބޭފުޅުން އޭރު ކަނޑައެޅި ތަންތާގައިކަން ފާހަގަ ކުރައްވައި ޣަނީ ދެންނެވީ އެހެންކަމުން ފެނާއި ނަރުދަމާގެ ކުރެހުމަށް ފަހުން ގެނެސްފައި ވަނީ ކުދި އަދި މަދު ބަދަލުތަކެއް ކަމަށެވެ. އަދި އަލަށް އާބާދުވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ލުމުގެ މަސައްކަތް ކުރެވޭނޭ ގޮތް ހެދުމަށް މަގު ހަދަން ފައްޓާ އެއްބައި ކުރިޔަށް ގެންދެވުނުކަމަށް ދެންނެވިއެވެ. އެހެން ނަމަވެސް ސިޔާސީ ހިޔާލު ތަފާތުވުން ތަކާއި ފިއްތުންތަކުގެ ސަބަބުން އެ މަސައްކަތް ފުރިހަމަ ނުކުރެވުނީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނަރުދަމާ އެޅިފައި އެވަނީ އަލަށް އާބާދު ވަމުންދާ ސަރަހައްދު ބާކީވެ ރަށުގެ މިހާރުގެ ހާލަތަށްވެސް އެކަށީގެން ނުވާވަރަށް ކަމަށް ޣަނީ ދެކިލައްވައެވެ. އަދި ވެސް އިތުރަށް އައު މަގު ހަދާ އިތުރު މަގެއް ހަދާ އެބަޔާއެކު ނަރުދަމާ އޮންނަންވާނީ އެ މަސައްކަތުގެ ތެރޭން އެޅިފަކަމަށް ދެކިލައްވައެވެ.
ޅައިމަގުގައި ކުޅިވަރު މުބާރާތްތަށް ހުއްޓުމުގެ ސަބަބުން ކުޅިވަރުގެ ރޫހް ފަނޑުވަމުން ދަނިކޮަށް ރަށު ފެންވަރުގައި މުބާރާތްތައް ކައުންސިލް ފަރާތުން ބާއްވަން ފައްޓާ، މިއަދު މި ފެންނަ ޒަމާނާ އެއްގޮތަށް ބާއްވާ މުބާރާތްތައް ބާއްވަން ފެއްޓެވީ ޣަނީގެ ވެރިކަމުގައި ކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ކޯޗުންނަށް ކައުންސިލުން ހަރަދުކޮށް ކުޑަކުދިން ކުޅިވަރަށް އަހުލުވެރިކޮށް ތަމްރީނުކުރުމަށް 2017 ގައި ވައި.ޑީ.ޕީ ޕްރޮގްރާމެއް ފައްޓައި ކުރިޔަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ފުޑްސަލް ދަނޑު ރަށަށް ހޯދައި އެ މަސައްކަތް ފެއްޓުމަށް ބުރަ ބޮޑެތި ގިނަ މަސައްކަތްތަކެއް ކޮށް ދަނޑެއްގެ ޔަގީންކަން ޅައިމަގު ޒުވާނުންނަށް ހޯއްދަވައި ދެއްވީ ޣަނީގެ ކައުންސިލަރު ކަމުގައި ކަމަށް މައުލޫމާތު ދިނެވެ.
ޢަނީ އިތުރަށް ފާހަގަކުރައްވާފަައިވާ ގޮތުން ކުޑަކުދިންގެ ޕާކުގެ ގައިވެސް ވެސް އޭނާގެ ހިއްސާ ނުހަނު ބޮޑެވެ. އެގޮތުން ކުޑަކުދިންގެ ޕާކެއް ރަށަށް ހޯދުމުގެ އިތުރުން ފުރިހަމަ ރީތި ކުރެހުމެއް ތައްޔާރުކޮށް، އޭނާގެ ދައުރު ނިމުންއިރު ވާނީ މަސައްކަތް ފެއްޓުމަށް ހުންނާނީ ހުރިހާ ތައްޔާރީތައް ވެފައެވެ.

ޅައިމަގުގެ އައު ބަނދަރަކީ ސަރުކާރާއި ވާހަކަދެއްކުމުގެ އިތުރަށް މާލެއަށް އެތަށް ދަތުރުތަކެއް ކޮށް ކުރެވުނު ގިނަގުނަ މަސައްކަތްތަކެއްގެ ސަބަބުން ލިބުނު ފުރުސަތެއް ކަމަށް އަބްދުލް ޣަނީ ގަބޫލުކުރައްވައެވެ. އަދި ބަނދަރުގެ މަސައްކަތާއި އޭނާގެ ރައީސް ކަމުގައި ކުރި ހުރިހާ މަސައްކަތެއް ކޮއްފައި އޮންނާނީ ޅައިމަގު ރައްޔިތުންނާއި ތަކުރާރުކޮށް ބައްދަލުކޮށް އެމީހުންގެ މަޝްވަރާގެ މަތިންކަން ޔަގީންކުރައްވައެވެ.
އަބްދުލް ޣަނީ ޅައިމަގު އޮންލައިންއަށް މައުލޫމާތު ދެމުން ވަރަށް ޔަޤީން ކަމާއި އަޒުމާއި ދެންނެވި އެއް ކަމަކީ އެމަނިކުފާނު ސިޔާސީގޮތުން މީހުން ވިކި ދަށުވެ ނުވަތަ ނާޖާއިޒު ފައިފާ އިސްކޮށް ފަށަށް ރަނގަޅު ގޮތް ދޫކޮއްލާނަމަ، އަދިވެސް އެނާ ހުންނާނީ ކައުންސިލު ރައީސް ކަމުގައެވެ. އިދިކޮޅު އެމްޑީޕީގެ ކައުންސިލަރެއް ގޮތުގައާއި ޕާޓީގެ އެންމެ އިސް މަގާމުތަކުގައި އުޅުއްވިމަށް ފަހު މި ސަރުކާރަށް ސޮއެ ކުރެއްވީ ރައީސް ޑރ މުޢިއްޒު ފުނަދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ސްޓޭޖް މަތިންނެވެ . އޭގެ ފަހުން ޕީއެންސީ ހިންގުމުގެ އިސްދައުރެއް އަބްދުލް ޣަނީ ގެންދަނީ އަދާކުރަމުންނެވެ.