އެފްއާރުސީ އައު އިމާރާތުގެ ބިން ކަނޑައެޅުމުގައި ޒުވާނުންނާއި މަޝްވަރާކުރަން އެދެފި


ލިޔުން ތާރީހް: 22 މޭ 2025

ސަރުކާރުން ޅައިމަގުގައި އަޅަން ނިއްމާފައިވާ ޅައިމަގު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅާނެ ތަނެއް ނިންމުމުގައި ޒުވާނުންނާއި މަޝްވަރާކުރުމަށް އެދި ކައުންސިލަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ޒުވާނުން ކައުންސިލަށް ޕެޓިޝަން ހުށައަޅާފައި ވާއިރު, ކައުންސިލުން އައު އިމާރާތް އެޅުމަށް ބިން ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ހިޔާލު ތަފާތުވެ ކައުންސިލަށް ގޮތެއް ނިންމިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ބައްދަލުވުމުގައި ބިން ކަނޑައޅަން ބައްދަލުވުން ބާއްވާފައިވަނީވެސް ޒުވާނުންނާއި މަޝްވަރާކުރުން އެދި ނުރަސްމިކޮށް އެދިފައި ވަނިކޮށެވެ.

އެހެން ނަމަވެސް ބިމެއް ކަނޑައެޅުމަށް ބޭއްވުނު ކައުންސިލްގެ ދެވަނަ ބައްދަލުވުން ވަނީ ޕެޓިޝަން އޮތުމުން ގޮތެއް ކަނޑަ ނާޅައި ނިއްމާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ށ.ޅައިމަގު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް ދެބިމަކާއި މެދު ދަނީ ވާހަކަ ދެކެވެމުންނެވެ. ޅައިމަގު ބޮޑު ފްޓްބޯޅަ ދަނޑު ކޮށީގެ އަމީނީމަގަށް ވާ ގޮތައް އެޅުމަށް ބައެއް ކައުންސިލަރުން ލަފާދީފައިވެއެވެ. އަދި ބައެއް ކައުންސިލަރުން ލައިމަގު އައު ސްކޫލުގެ އިރުމަތީން ފްޓްސެލް ދަނޑު ކޮށީގައި އެޅުމަށް ލަފާދީފައި ވެއެވެ.

ޅައިމަގު ޒުވާނުންނާއި މަޝްވަރާކުމަށް އަދި ކައުންސިލުން މައުލުމާތެއް ދީފައެއްނުވެއެވެ.

ސަރުކާރުން ޅައިމަގުގައި ށ.ޅައިމަގު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް ނިންމައި ބިން ހަމަޖައްސައި ދިނުމަށް ކައުންސިލްގައި އެދިފައި ވަނީ އެޕްރިލް މަހުގައެވެ.

ށ.ޅައިމަގު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު މިހާރު ހިންގަމުން ދަނީ ޅައިމަގު ބާ އިންޖީނުގޭގެ އިމާރާތުގައެވެ. އިންޑޯ ޖިމަކާއެކު އައު ށ.ޅައިމަގު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމްކުރުމަކީ ލައިމަގު ޒުވާނުން ނުހަނު ބޭނުންވެފައި ތިބިކަމެކެވެ.