އަންހެން ކޮމެޓީ ރަޢީސް އިސްތިއުފާ ދިންކަމަށް ދެކުވުން ވާހަކަ އާއި ކަން ވީގޮށް


ލިޔުން ތާރީހް: 22 މޭ 2025

ޅައިމަގު އަންހެނުންގެ ކޮމެޓީގެ ރަޢީސް އަފުރާހާ އަދި މެމްބަރު ޝާނާ އިސްތިއުފާ ދެއްވި ކަމަށް ވާހަކަ ދެކެވިފައިވެއެވެ. އެހެން ނަމަވެސް މިފަހުން ކޮމެޓީން ބޭއްވި 'ބަދަހި ގުޅުން' ހަރަކާތާއެކު ޔަގީންކުރެވިފަ ވަނީ އަދިވެސް އެ ފަރާތްތަށް މަގާމުގައި ދެމިތިއްބެވިކަމެވެ.

ޅައިމަގު ކައުންސިލަކީ މައުލޫމާތި ހިއްސާކުރުމާއި ދުރު ކައުންސިލެއް ކަމުން މިފަދަ ކަންކަމުގައި ރައްޔިތުން 'ވާނުވާ' ގައި ތިބެން ޖެހުމަކީ އަބަދުވެސް ކަން ހިނގާގޮތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވި ކަމަށް ފެތުރު ވާހަކަ އަކީ ތެދުވާހަކައެކެވެ. އިތުބާރު މަސްދަރުތަކުން ލިބިފައިވާ މައުލޫމާތުން އިނގިފައިވާ ގޮތުގައި އަންހެނުންގެ ކޮމެޓީގެ ރަޢީސް އަދި މެމްބަރު ޝާނާ ވެސް ވަނީ އިސްތިއުފާގެ ސިޓީ ކައުންސިލަށް ފޮނުވާފައެވެ.

ނަމަވެސް ކޮމެޓީގެ ޤަވާއިދު ބުނާގޮތުން އަންހެން ކޮމެޓީގެ މެމްބަރުން އިސްތިއުފާގެ ސިޓީ ފޮނުވަންޖެހެނީ ކޮމެޓީ އަށެވެ. ލޯކަން ގަވަރމެންޓް އޮތޯރިޓީ އަށް އިސްތިއުފާ ގެ ސިޓީ ފޮނުވުމުން, އިޖްރާއަތްތަށް ފުރުހަމަ ނުވާތީ އިސްތިއުފާގެ ސިޓީ އިސްލާހު ކުރުމަށް ފަހު ފޮނުވުމަށް މެމްބަރުންނަށް އެންގެވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮތޯރިޓީން އެދިލެއްވިގޮތަށް ސިޓީ އިސްލާހުކޮށް ފޮނުވުމަށް ކައުންސިލުން މެމްބަރުންނަށް ދެންނެވިއެވެ. ނަމަވެސް މެމްބަރުން ކައުންސިލަށް އެންގެވީ އަލުން ސިޓީ އިސްލާހު ކުރުމަށް ފަހު ލުމަށް ބޭނުން ނުވާކަމަށެވެ.

ޅައިމަގު ކައުންސިލުން އެމައުލޫމާތު އޮތޮރިޓީއަށް އެންގެމުން, އަންހެން ކޮމެޓި މެމްބަރުންގެ ފަރާތުން 'އިސްތިއުފާގެ ސިޓީ' ކަންހިނގައި ދިޔަގޮތް ރަސްމީކޮށް އޮޅުންފިލުވައި އިޖްރާއަތްތްށް ފުރިހަމަ ނުވާތީ އިސްތިއުފާ ނުދެވެ ކަމަށް ނިންމެވިއެވެ.

ޅައިމަގު  މިހާރުގެ އަންހެނުންގެ ކޮމެޓީ އަކީ ރަށުގައި އިޖްތިމާއީ ގިނަ ހަރަކާތްތަކާއި އަދި އަންހެނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ހިންގުންތެރި ކޮމެޓިއެކެވެ.

އިސްތިއުފާ ދިނުމަށް މެދުވެރިވި ސަބަބެއް ކަމުގައި މެމްބަރުން މެދުގައި އުފެދުނު ނުތަނަވަސް ކަމެއްގެ ސަބަބުން ކަމުގައި ބެލެވިފައި ވީނަމަވެސް އަންހެން ކޮމެޓީ ބަދަހި ކަމާއެކު މިހާރުވެސް ކުރަމުންދާ ނަމޫނާ މަސައްކަތުގައި ދެމި ތިބުމަށް ޅައިމަގު ގިނަ ރައްޔިތުން ބޭނުންވެއެވެ.