ހަބަރު
...
އަންހެން ކޮމެޓީ ރަޢީސް އިސްތިއުފާ ދިންކަމަށް ދެކުވުން ވާހަކަ އާއި ކަން ވީގޮށް
ޅައިމަގު އަންހެނުންގެ ކޮމެޓީގެ ރަޢީސް އަފުރާހާ އަދި މެމްބަރު ޝާނާ އިސްތިއުފާ ދެއްވި ކަމަށް ވާހަކަ ދެކެވިފައިވެއެވެ. އެހެން ނަމަވެސް މިފަހުން ކޮމެޓީން ބޭއްވި ‘ބަދަހި ގުޅުން’ ހަރަކާތާއެކު ޔަގީންކުރެވިފަ ވަނީ އަދިވެސް އެ ފަރާތްތަށް މަގާމުގައި ދެމިތިއްބެވިކަމެވެ. ޅައިމަގު ކައުންސިލަކީ މައުލޫމާތި ހިއްސާކުރުމާއި ދުރު ކައުންސިލެއް ކަމުން މިފަދަ ކަންކަމުގައި ރައްޔިތުން ‘ވާނުވާ’ ގައި ތިބެން ޖެހުމަކީ އަބަދުވެސް ކަން ހިނގާގޮތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވި ކަމަށް ފެތުރު ވާހަކަ އަކީ ތެދުވާހަކައެކެވެ. […]
އިތުރަށް ކިޔުމަށް

22 މޭ 2025
...
އެފްއާރުސީ އައު އިމާރާތުގެ ބިން ކަނޑައެޅުމުގައި ޒުވާނުންނާއި މަޝްވަރާކުރަން އެދެފި
ސަރުކާރުން ޅައިމަގުގައި އަޅަން ނިއްމާފައިވާ ޅައިމަގު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅާނެ ތަނެއް ނިންމުމުގައި ޒުވާނުންނާއި މަޝްވަރާކުރުމަށް އެދި ކައުންސިލަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ. ޒުވާނުން ކައުންސިލަށް ޕެޓިޝަން ހުށައަޅާފައި ވާއިރު, ކައުންސިލުން އައު އިމާރާތް އެޅުމަށް ބިން ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ހިޔާލު ތަފާތުވެ ކައުންސިލަށް ގޮތެއް ނިންމިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ބައްދަލުވުމުގައި ބިން ކަނޑައޅަން ބައްދަލުވުން ބާއްވާފައިވަނީވެސް ޒުވާނުންނާއި މަޝްވަރާކުރުން އެދި ނުރަސްމިކޮށް އެދިފައި ވަނިކޮށެވެ. އެހެން ނަމަވެސް ބިމެއް […]
އިތުރަށް ކިޔުމަށް

22 މޭ 2025
...
ޅައިމަގުގައި ބީއެމްއެލް އޭޓީއެމް ޙިދުމަށް ޤާއިމްކޮށް ސަރުކާރު ވައުދު ފުއްދައިފި
ޅައިމަގުގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިއެވެ. މިއީ ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުއްދުމަށް ބާރު ސްޕީޑުގައި ރަށުގައި ގާއިމްކުރި ޚިދުމަތެކެވެ. ޅައިމަގުގައި ބެހެއްޓި އޭޓީއެމުން ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ. އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ނުގޮސް 24 ގަޑިއިރު ބޭންކިންގެ ގިނަ މުއާމަލާތްތަކެއް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ޅައިމަގު […]
އިތުރަށް ކިޔުމަށް

22 މޭ 2025
...
ޕީއެންސީގެ ނައިބު ރައީސްކަން ޣައްސާނާއި ޝިޔާމަށް ދީފި
ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަކީ ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅައިފި އެވެ. ޕީޕީއެމް އުވިގެންދިޔައިރު އެ ޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާ ގުޅެން ބޭނުންވި ބޭފުޅުން ރަސްމީކޮށް ޕާޓީއާ ގުޅުމަށް މިރޭ ޕީއެންސީ އޮފީހުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޕީއެންސީގެ ސެނެޓް ނުވަތަ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ […]
އިތުރަށް ކިޔުމަށް

16 މޭ 2025
...
އަންހެން ކައުންސިލަރުންގެ އަދަދު 40 ޕަސެންޓަށް އިތުރު ކުރަނީ
ކައުންސިލްތަކުގައި ތިބޭ އަންހެން ކައުންސިލަރުންގެ އަދަދު 40 ޕަސެންޓަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އަންހެން ކައުންސިލަރުން ތިބެން ޖެހޭ އަދަދު 33 ޕަސެންޓަށް ހަދައި އަންހެނުންގެ ކޮމެޓީތައް (ޑަބްލިޔުޑީސީ) އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ. އެއާއެކު، މިހާރު ކައުންސިލްތަކުގައި 370 އަންހެން ކައުންސިލަރުން ތިބޭނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގައި 930 […]
އިތުރަށް ކިޔުމަށް

15 މޭ 2025
...
ރާއްޖޭގެ އެރީނާ ޕްރޮޖެކްޓުން މިލިއަނެއްހާ ޑޮލަރު ވަނީ ގެއްލިފައި: ފީފާ
މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ތަރައްގީކުރަން ފެށި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ފީފާއިން ދިން ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ވީގޮތް ފެންނާން ނެތް ކަމުގެ ކަންބޮޑުވުން ފީފާގެ ގާނޫނީ ޓީމުން ފާހަގަކޮށްފި އެވެ. އެކަން ފީފާ އިން ފާހަގަކުރީ، ބައްސާމްގެ މައްޗަށް ފީފާއިން ކުރިމަތި ކުރި ނުވަ މަސް ދުވަހުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ. ޝަރީއަތުގައި ފީފާގެ ވަކީލުން […]
އިތުރަށް ކިޔުމަށް

15 މޭ 2025
...
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ފެއިލް ކޮށްލައިފި އެވެ. އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، ހުށަހެޅި މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ. އިދިކޮޅު އެމްޑީޕީން އަމީންގެ އިތުބާރު […]
އިތުރަށް ކިޔުމަށް

15 މޭ 2025
...
ރައީސްގެ މަގާމު ހިމެނޭ ގޮތަށް އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ […]
އިތުރަށް ކިޔުމަށް

15 މޭ 2025