ރައީސް ޅައިމަގަށް: މިއީ ތާރީޚީ ދަތުރުފުޅަކަށް ވެގެންދާނެ


ލިޔުން ތާރީހް: 11 އޮކްޓޫބަރު 2025

ރަސްމީ ދަތުރުފުޅެއްގައި މި މަހު 16ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޅައިމަގަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގަތް ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅު ވެގެންދާނީ ޅައިމަގު ތާރީޚުގައި އެންމެ ގިނަ އުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނެ ދުވަހުގެ ގޮތުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި

ޒަމާނީ ވަސީލަތްތަކާއި އިންޑޯ ޖިމް ހިމެނޭ އެފް.އާރް.ސީގެ އައު އިމާރާތުގެ މަސައްކަތް ފެއްޓުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ޅައިމަގު ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މުއައްސަސާތަކާއެކު ރަށުގެ ތަރައްޤީގެ ކަންކަމާ މަޝްވަރާ ކުރައްވާނެކަމަށް ޅައިމަގު ކައުންސިލުން މައުލޫމާތުދެއްވައެވެ.
ފާހަގަކޮށްލެވޭ މުހިންމު ކަމަކީ ޅައިމަގު ކައުންސިލާއި ރައީސް މުޢިއްޒު މި ބައްދަލުވުމާއިއެކު ޅައިމަގު ކައުންސިލާއެކު އެންމެގިނައިން ބައްދަލުކޮށް މަޝްވަރާކުރެއްވި ރައީސް އަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާކަމެވެ.

އަދި މީގެ ކުރިން ރައީސް މުޢިއްޒު ކައުންސިލާއި ބައްދަލު ކުރެއްވި ބައްދަލު ވުމުގައި ކައުންސިލް ރައީސް ބައިވެރިވެ ނުލައްވާކަން ފާހަގަކޮއްލަންޖެހެއެވެ.