ޅައިމަގު ގައި ސަރުކާރުގެ ފަރާތުން ތަރައްޤީކުރާ ކުނި ގޮނޑުގެ މަސައްކަތަށް ކައުންސިލުން ހުރަސްއަޅަމުން ދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ޅައިމަގު އޮންލައިންނަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ޅައިމަގުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 8،000 އަކަފޫޓުގެ ކުނި ކޮއްޓެކެވެ.
ކައުންސިލުން ކުނި ކޮށި މަސައްކަތަށް ހުރަސް އަޅަމުންދަނީ ޅައިމަގު ލޭންޑްޔޫސް ޕްލޭންގައި ކުނި ކޮށި ތަރައްޤީކުރަން 22,000 އަކަފޫޓްގެ ބިމެއް ކައުންސިލުން ކަނޑައަޅާފައި އޮތްކަމަަށް ބުނެއެވެ. ކައުންސިލުން ކުނިކޮށި ތަރައްޤީކުރުމަށް ހާވާލުކޮއްފައިވާ ކުންފުންޏަށް އަންގަމުންދަނީ ޅައިމަގުގައި ކުނިކޮށި އެޅުމަށް 8,000 އަކަފޫޓްގެ ބިމެއް ސާފުކޮއްގެން ނުވާނެކަމަށެވެ. ކައުންސިލުން ބުނަމުންދަނީ 22,000 އަކަފޫޓުގެ ބިން ސާފުކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ނިންމާފައިވަނީ ޅައިމަގުގައި 8,000 އަކަފޫޓުގެ ކުނިކޮއްޓަކުން ޅައިމަގު އުފެދޭކުނި ނައްތާލުމުގެ އިންތިޒާމްކުރެވޭނެކަމަށެވެ.
ކުނި ނައްތާލުމުގެ ނިޒާމަކީ ޅައިމަގަށް މި ވަގުތު އެންމެ ބޭނުން އެއް ކަންތަކެވެ. ރައީސް ޑރ މުއިއްޒު ވަނީ ލައިމަގު ރައްޔިތުންނާއި ބައްދަލުކުރައްވާ ވަރަށް އަވަހަށް ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ޅައިމަގުގައި ގާއިމް ކޮއްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި މިސައްކަތާއި ހަވާލުވެ ތިބި ކުންފުނިން މިހާރުވަނީ މަސައްކަތް ފެށުމަށް ތައްޔާރުވެ، މަސައްކަތްކުރުމަށް މީހުންވެސް ރަށަށް ގެނެސްފައެވެ. އެހެން ނަމަވެސް ކައުންސިލުން މަސައްކަތް ފެށިޔަނުދީ ހުރަސްއަޅަމުން ދިއުމުގެ ސަބަބުން ކުންފުއްޏަށް ގެއްލުން ވަމުންދާކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް ހަވާލުކޮއްފައިވާނީ 3 މަސްދުވަހުން ނިންމާގޮތަށެވެ.

ބައެއް ފަރާތްތަކުން ބުނަމުންދަނީ ކައުންސިލުން މަސައްކަތް ހުއްޓުވަމުންދަނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ގެއްލުން ދިނުމަށެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މިހާރުވެސް ޅައިމަގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރާއިރު، ޅައިމަގު ރައްޔިތުން މިހާރު އެންމެ ބޭނުންވާ ކުނިކޮށި އިންތިހާބުގެ ކުރިން ނިންމައިފިނަމަ އެމްޑީޕީ ކެންޑިޑޭޓުން ނުހޮވޭނެ ކަމަށް އދިކޮޅު ކައުންސިލަރުންނަށް ގަބޫލުކުރެވެނީއެވެ.އަދި ކުނި ކޮށު އެޅުމާއި އެކު ރަށްރަށުގައި ދަނީ ކުނި ނައްތާލުމުގެ މަސައްކަތާއި ސަރުކާރު ކުންފުނި ވެމްކޯ އިން ދަނީ ހަވާލުވަމުންނެވެ. އެހެންކަމުން ޅައިމަގު ކުނިކޮށި ނިމުމުން ޅައިމަގު ކުނި ނައްތާލުންވެސް ވެމްކޯ އާއި ހަވާލުކުރާނެކަމަށް ބެލެވެއެވެ. އެއީ ރަށުގެ ރައްޔިތުންނަށް ލިބޭ އިތުރު ވަޒީފާގެ ފުރުސަތުތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.