ސްޕީޗް ތެރެޕީގެ ޚިދުމަތް ފުނަދޫގަައި ފަށައިފި


ލިޔުން ތާރީހް: 8 މާރިޗު 2026

މި އަތޮޅުގެ ގިނަ ބަޔަކު އެދެމުން އައި ޚިދުމަތެއް ކަމަށްވާ ސްޕީޗް ތެރެޕީގެ ޚިދުމަތް އަތޮޅު ހޮސްޕިޓަލުގައި ފަށައިފިއެވެ.

އަތޮޅު ހޮސްޕިޓަލުން އެ ހިދުމަތް ފެށިކަން އިއުލާންކޮށް، އެ ހިދުމަތަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ޚިދުމަތުގެ ތެރޭގައި:

  • އާގަތުމަށް ދެވޭ ތެރެޕީ
  • އޭސީސީ(އިތުރު ވަސީލަތުން ދޭ ތެރެޕީ)
  • ވިސްނުމާ ބެހޭ ހުނަރުތައް ދަސްކޮށްދޭ ތެރެޕީ
  • މީހުންނާ ގުޅިގެން އުޅުމާއި ވާހަކަދެއްކުމުގެ ތެރެޕީ
  • އަޑު އިވުމުގެ އެކިއެކި މައްސަލަތަކަށް ދެވޭ ތެރެޕީ
  • ޑިސްފޭޖިއާ ތެރެޕީ
  • އަޑުގެ ތެރެޕީ
  • އުގެނުމާއި އަދި ކިޔެވުމުގައި ދިމާވާ އެކިއެކި ދަތިތަކަށް ދެވޭ ތެރެޕީ
  • ވާހަކަދެއްކުން ލަސްވުމާއި، ވާހަކަ ދެއްކުމުގައި، ނުވަތަ ދައްކާވާހަކަ ދޭހަ ނުވުމުގެ މައްސަލަތަކަށް ދޭ ތެރަޕީ

މި ޚިދުމަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު ފުނަދޫއަށް ވަޑައިގަތުމުން، އެ ރަށުން ގިނަ ބަޔަކު އެމަނިކުފާނު އަރިހުން އެދުނު ޚިދުމަތެކެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރައްވާ، އެ ޚިދުމަތްވީ އެންމެ އަވަހަކަށް ފައްޓަވައި ދެއްވާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.