ޅައިމަގު ސިއްހީމަރުކަޒަށް ޕޮލިޓިކަލް ޑިރެކްޓަރ އެއް ހަމަޖައްސައްވައިފި


ލިޔުން ތާރީހް: 29 މާރިޗު 2026

ޅައިމަގު ސިއްހީމަރުކަޒު ހިންގުމާ ހަވާލުރައްވާފައިވާ އަބޫބަކުރު ނަސްރﷲ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް މުއިއްޒުގެ ވައުދު ފުއްދެވުމުގެ ގޮތުން ޅައިމަގު ސިއްހީމަރުކަޒަށް ގެއްނަވާ ކުރިއެރުންތަކުގެ ތެރޭން ޕޮލިޓިކަލް ޑިރެކްޓަރެއް އަައްޔަނު ކުރެއްވެމުގެ އިތުރަށް ލެބޯޓަރީގެ ހިދުމަތް މިހާރު ވަނީ ފެށުމަށް ތައްޔާރު ވެފައެވެ. ޅައިމަގު ރައްޔިތުންނާއި ބައްދަލުރައްވާ ރައީސް ވިދާޅުވެފައިވަނީ ސިއްހީމަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ހެދުމާއި ލެބޯޓްރީ ހިދުމަތް ފެށުން ފަދަ ކުރިއެރުންތައް ޅައިމަގު ސިއްހީމަރުކަޒަށް ގެނެސް ދެއްވާނެ ކަމަށެވެ..

އޮތުން އެމަސައްކަތް ތައް ގާތުން ބައްލަވާ ކުރިއަށް ގެންދެވުމަށް އަބޫބަކުރު ނަސްރުﷲ ސިޔާސީ މަގާމެއްގެ ގޮތުގައި އެޑްމިނިސްޓރޭޓަރަކަށް އައްޔަނު ކުރައްވާ ހިންގުން ހަވާލު ކުަރެއްވިއެވެ.. އަދި އައު އިމާރާތުގެ މަސައްކަތް ފަށައި ބޭނުންވާ އިތުރު މުވައްޒަފުން ހޯދައި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފައްޓާފައެވެ. ލެބޯޓްރީ އަށް ބޭނުންވާ ސާމާނު ރަށަށް ގެނެވި، ހިދުމަތް ގެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި ޒަމާނީ އެންއިލެންސް އެއްވެސް މިފަހުން ވަނީ ޅައިމަގު ސިއްހީމަރުކަޒަށް ގެނެސްފައެވެ.

އަބޫބަކުރު ނަސްރުﷲ ސީނިއަރ ޕޮލިޓިކަލް ޑިތެކްޓަރަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވިއިރު، ރަށުގެއެންމެ ހަލުވި ދުވެލީގައި ކުރިޔަށް ދަނީ ސިއްހީމަރުކަޒުގެ މަސައްކަތްތައް ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އޮގޮތުން ސިއްހީމަރުކަޒުގެ ހިންގުނާއި މެދު ވަރަށް ބޮޑަށް ހިންހަމަޖެހޭކަން އެމީހުން ފާހަގަކުރެއެވެ.