ސިޔާސީ ޖެއްސުން: ނުރަނގަޅު އަސަރު ޅައިމަގު ޖީލުތަކަށް (1)


ލިޔުން ތާރީހް: 12 އޮކްޓޫބަރު 2025

ދިވެހިރާއްޖެއަށް 2008 ވަނަ އަހަރާއި ހިސާބުގައި އައި ސިޔާސީ ބަދަލުގައި ޅައިމަގު ވެސް ސިޔާސީ ހެޔޮ ބަދަލެއް ބޭނުންވެ އޮގޮތަށް ވޯޓްދިނެވެ. އެހެން ނަމަވެސް ޅައިމަގު ވެގެންދިޔައީ ސިޔާސީ އެ ބަދަލުގައި ބެހިގެންދިޔަ ރަށަކަށެވެ.
ޅައިމަގަކީ ދިވެހިރާއްޖެއަށް އައި ސިޔާސީ ބަދަލުގެ ތެރެއިން އެންމެ ނޭދެވޭ އަސަރު ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭނެ ރަށެކެވެ.
އަޅުގަނޑުމެންނަށް ސިޔާސީ ދަސްވެފައި ހުރިގޮތުން އިދިކޮޅުގައި ތިބެވުންކަމަށްވަނީ ސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކިގެންނެވެ. އެއީ ސަރުކާރުތަކަށް ޖެއްސުންކޮށްގެން ވިޔަސް ނުވަތަ ކަންކަން ކުރުމަށް އެއްބާރުލުން ނުދީ ކަމަށް ވިޔަސްމެއެވެ. އެހެނަސް ހަގީގަތަކީ މި ނުކިއްސަރު ފިކުރުގެ ސަބަބުން ރަށަށް އިންތިހާ ގެއްލުންވާކަމެވެ.
އެހެންބުނެވެނީ ސަބަބުތަކެއް ހުރީމައެވެ. އެ ދުވަހާ ހަމަޔަށް އައިއިރު ޅައިމަގަކީ
ށަވިޔަނި އަތޮޅުގައި ފުރަތަމަ ބަނދަރު ހެދުނު ރަށްތަކުގައި ހިމެނުނު ރަށެކެވެ.
ބަނދަރު ހެދުނު އިރުވެސް ޅައިމަގަކީ އަތޮޅުގައި އޮތް އެންމެ ފެންވަރު ރަނގަޅު ފާލަމެއް އޮތް ރަށެވެ.
އަތޮޅުގައި އެންމެ ފުރަތަމަ ޞިއްޚީ މަރުކަޒު ޤާއިމް ކުރެވުނު ރަށްތަކުން ޖާގަ ހޯދި ރަށެކެވެ.
ށަވިޔަނި އަތޮޅުގެ އެންމެ ފެންވަރު ރަނގަޅު ރީތި އެއް އިންޖީނުގެ ހުރީ ޅައިމަގުގައެވެ.
އަތޮޅުގެ އެންމެ ފެންވަރު ރަނގަޅު އެއް ކަރަންޓު ނެޓްވޯކް ޤާއިމްކުރެވިފައި އޮތް ރަށެވެ.
އަތޮޅުގެ ރަށްތަކުގެ ތެރޭން ފުރަތަމަ ސާނަވީ ތަޢުލީމަށް ކިޔަވަން ފެށުނު ރަށްތަކުގެ ތެރޭހިމެނުނެވެ.
ށަވިޔަނި ފޯކައިދޫގެ ފަހަތުން އެންމެ ތަޢުލީމީ ދަރިވަރުންތަކެއް ބިނާވަމުން އައި ރަށްކަމުގައި ބުނެވިދާނެއެވެ.
މަގުތަކާއި ބިންތައް އަދި ސަރުކާރުގެ އިމާރާތްތައް ބިނާކުރުމުގައި އެންމެ ޕްލޭންކުރެވި އެންމެ ފުރިހަމައަށް ޑިޒައިންކުރެވެމުން ދިޔަ ރަށްތަކުގައި ޅައިމަގު ހިމެނޭނެއެވެ

ޒަމާނީ ފިނި މައިޒާންތައް ތަރައްޤީކުރެވި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް އިސްކަމެއް ދެވުނު ރަށެކެވެ.
ރަށުގެ އުމުރާނީ އަދި އިޖުތިމާއީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުންބޮޑު، ޚިޔާލާއި މަޝްވަރާ ކުރެވިގެން އައި ބަދަހި ރަށެކެވެ.
ނަމަވެސް އަލަށް އައި ސިޔާސީ ބަދަލުތަކުގައި ޅައިމަގު ރައްޔިތުން ޖެހުނީ ސިޔާސީ ދަންތުރައެއްގައެވެ. ވެރިކަންތައް ބަދަލުވެ ގޮތްގޮތަށް ސިޔާސީ ބަދަލު ވަމުންދިޔައިރު ޅައިމަގު އޮތީ މި އައު ސިޔާސީ ބަދަލުތަކުގައި ބަނދެވިފައެވެ.
އެ ގޮތުން މި ވޭތުވި 17 އަހަރުން ނިމިދިޔަ އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި ފިޔަވައި ޅައިމަގު ވެރިން ތިބީ ސަރުކާރާއި އިދިކޮޅު ފިކުރުގައެވެ. ސަރުކާރާއި ނުކިއްސަރު ފިކުރުގައެވެ.
ކޮންކަމަކަށްޓަކާ ހެއްޔެވެ؟ ޅައިމަގަކީ އެމްޑީޕީގެ ރަށެކޭ އެ ޕާޓީގެ ސިޔާސީވެރިން ލައްވައި ބުނުވުމަށް ހެއްޔެވެ؟ ނުވަތަ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސްވެސް ޅައިމަގު ރައްޔިތުން ވޯޓް އަޅާނީ އެމްޑީޕީއަށްކަން އެ ޕާޓީގެ ވެރިންނަށް ދެއްކުމަށް ހެއްޔެވެ؟
އެހެންކަމުގައި ވަނީނަމަ ޅައިމަގު ރައްޔިތުން އެކަން ދައްކައިފިއެވެ. އޭރުގައި އެމްޑީޕީގެ ވެރިން އެހެން ބުނެފިއެވެ. ދެރަކޮންވީކަމީ މިހާރު ޕާޓީގެ އޭރުގެ ވެރިން ޕާޓީއާއި ނުކިއްސަރުވެ ފެޔަށްޖެހި، ޕާޓީންވެސް ވަކިވެ ނިމިއްޖެއެވެ.
އަނެއްކާވެސް އެމްޑީޕީގެ އައު ސިޔާސީވެރިންނަށް ޅައިމަގު މީހުން ވޯޓްއަޅާނީ އެމްޑީޕީއަށްކަން ދެއްކުމަށް ދިހަބާރަ އަހަރު ދުއްވާލަން ވީހެއްޔެވެ .
ޅައިމަގު ހަމަ ރަނގަޅައްވެސް ޖެހުމީ ސިޔާސީ ދަންތުރައެއްގައެވެ. އެގޮތީ ރަށުގެ ތާރީޚުން ދިހަބާރަ އަހަރަކީ ހަގީގަތުގައި ވަރަށްވެސް ގިނަދުވަހެވެ.